ENGLISH
21 އޭޕްރީލު 2025
ފްލެޓު ލިސްޓު އާއްމުކޮށްފި؛ ޝަރުތުހަމަވީ 1820 މީހުން
27 ފެބްރުއަރީ 2025
|
(ފޮޓޯ/މިހާރު)
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލޭގައި އަޅަން ފެށި ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފި އެވެ.
ސަރުކާރުގެ ގެޒެޓުގައި ފްލެޓު ލިސްޓު ޝާއިއުކޮށްފައި ވަނީީ، ރައީސް އޮފީހުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެވެ. އެއާއެކު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެއްމަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި ސަރުކާރުގެ ލިސްޓު އާއްމުކޮށްފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމުގެ ދެ ދުވަސް ކުރިން އާއްމުކުރި ލިސްޓު ވެރިފައިކުރުމަށްފަހު އެވެ. އެގޮތުން:
ފްލެޓު ލިބުނީ އެންމެ ހައްގުވެރި ފަރާތްތަކަށްތޯ ކަަށަވަރުކުރުމަށްޓަކައި، އެ މީހުން ވެރިފައިކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް މި ސަރުކާރުން ހާާމަކުރީ މިދިޔަ މަހު އެވެ. އެގޮތުން، މެދުނުކެނޑި މާލޭގައި 15 އަހަރު ދިރިއުޅުނުތޯ ބަލާ ގޮތަށް ބަދަލު ގެނެސް، ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށްފައިވެ އެވެ.
ލިސްޓުން ގިނަ ބަޔަކު އުނިކުރީ ވެސް މާާލޭގައި ދިރިއުޅުނުކަމުގެ ލިޔެކިޔުންތައް ހަމަނުވާ މައްސަލައިގަ އެވެ. ނުވަަތަ ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން ނެވެ.
ފައިނަލް ލިސްޓު ގެޒެޓު ކުރާނީ، ހުށަހަޅާފައިވާ ފޯމުތަކުގެ މައްސަލައެއްވާ ނަމަ، އެކަން ވެސް ފެންނަން ހުންނާނެ ގޮތަށް ކަމަށް މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ.