ENGLISH

21 އޭޕްރީލު 2025

Advertisement

ފިތުރު ޒަކާތް އޮންލައިން ކޮށްވެސް އަދި މިނިސްޓްރީގެ ކައުންޓަރުންވެސް ދައްކާލެވޭނެ، ގަޑިތައް ހާމަކޮށްފި!

27 ފެބްރުއަރީ 2025

|

ޝާމަ ޝުޢައިބު

ޒަކާތް ބަލައިގަތުން - ފޮޓޯ: އަސުރުއޮންލައިން

މި ރަމަޟާން މަހު ފިތުރު ޒަކާތް އޮންލައިން ކޮށްވެސް އަދި މިނިސްޓްރީގެ ކައުންޓަރަށް ގޮސްގެންވެސް ދައްކާލެވޭނެ ކަން ހާމަކޮށް ޒަކާތް ބަލައިގަންނަ ގަޑިތައް ހާމަކޮށްކޮށްފިއެވެ. 

ޒަކާތު ހައުސްއިން ކުރި އިއުލާނެއްގައި ބުނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަން ފާހަގަކޮށް ޒަކާތު ހައުސް އިން ބުނީ މި ފަހަރުވެސް އޮންލައިންކޮށް ފަސް ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެ ކަމަށެވެ. 

އޮންލައިންކޮށް ޒަކާތް ދެއްކޭ ޕްލެޓްފޯމްތައް:

  • ދިރާގު އެޕް/ދިރާގު ޕޭ (ވެބްސައިޓް)
  • އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެޕްލިކޭޝަން)
  • ބޭންކް އޮފް މޯލްޑިވްސް މޯބައިލް (އެޕްލޭޝަން)
  • ފަހިޕޭ (އެޕްލިކޭޝަން)
  • ބަނޑޭރި ޕޭ

ޒަކާތު ހައުސް އިން ބުނީ ބަނޑޭރި ޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުން ކުރިއަށް ދާނެކަމަށެވެ. 

އަދި ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ވެސް ހާމަކޮށްފައިވެއެވެ. 

ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނެ ތާވަލު:

  • މާޗް މަހުގެ 2 އިން މާޗް މަހުގެ 20 އަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، 09:30 ން 13:00 އަށް
  • މާޗް މަހުގެ 23 އިން މާޗް މަހުގެ 30 އަށް: ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައ ކޮންމެ ދުވަހަކު، 11:00 ން 14:00 އަށް

ޒަކާތު ހައުސްއިން ކުރި އިއުލާނުގައި ބުނީ މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު/ސިޓީ ކައުންސިލަކުން ކަމަށެވެ. 

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު:

  • އާދައިގެ ހަނޑޫ: 12ރ.
  • ތައިލެންޑް ހުދު ހަނޑޫ: 62ރ.
  • ރަތް ހަނޑޫ: 86ރ.
  • ބާސްމަތީ ހަނޑޫ (އާދައިގެ): 74ރ.
  • ބާސްމަތީ ހަނޑޫ (މޮޅު): 100ރ.
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133ރ.
  • އާދައިގެ ފުށް: 10ރ.
  • އާޓާ ފުށް: 75ރ.

ދިވެހި ރާއްޖޭގައި "ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް" އެކުލަވާލައި ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން މިދިއަ އަހަރު އެ އިއުލާނު ކޮށްފައިވެއެވެ. 

މި އަސާސްތަކާއި މިންގަނޑުތަކަކީ ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ޒަކާތު ޝަރީޢާ އެޑްވައިޒަރީ ކޮމެޓީން ތައްޔާރުކޮށް ދިވެހިރާއްޖޭގައި އަލަށް އާންމުކުރެވުނު އަސާސްތަކާއި މިންގަނޑުތަކެކެވެ.

މިއީ ޒަކާތް ނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށްޓަކައި އެކުލަވާލައިފައިވާ އަސާސެކެވެ.

ކިޔުންތެރިންގެ ހިޔާލު