ENGLISH

21 އޭޕްރީލު 2025

Advertisement

ސާބާ އަންހެން ބާސްކެޓު މުބާރާތުގައި ރިހި މެޑަލް ހޯދި ގައުމީ ޓީމަށް ނައިބު ރައީސް މަރުޙަބާ ވިދާޅުވެއްޖެ

27 ފެބްރުއަރީ 2025

|

އަހުމަދު ސައީދު

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތުގައި ރިހި މެޑަލް ހޯދި ޓީމު.

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތުން ދިވެހި ޤައުމީ ޓީމު ރިހި މެޑަލް ހޯދުމާ ގުޅިގެން އެ ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފު މަރުޙަބާ ވިދާޅުވެއްޖެއެވެ. 

މިއީ މި މުބާރާތުގެ ތާރީޚުގައި ރާއްޖޭން ރިހި މެޑެލް ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން، ދެ ފަހަރެއްގެ މަތިން ރާއްޖޭން ވަނީ ލޯ މެޑެލް ހާސިލްކޮށްފައެވެ. އެއީ، 2016 އާއި 2022 ވަނަ އަހަރު އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ދިޔަ މި މުބާރާތުގައި ރޭ ކުޅުނު މެޗުން ރާއްޖެ އަތުން އިންޑިއާ މޮޅުވީ 107-32 އިންނެވެ. 

ނައިބު ހުސައިން މުޙައްމަދު ލަތީފުގެ ޕޯސްޓް 

ބާސްކެޓް ޓީމަށް މަރުޙަބާ ވިދާޅުވެ ނައިބުރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރިހިމެޑް ހޯދި ޓީމުން ކުޅިވަރަށް އޮތް ލޯތްބާއި ސާބިތުކަމާއި ބުރަ މަސައްކަތުން ހޯދައި ދިނީ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ޒުވާން އަންހެން ޖީލަށް ދައްކައިދިން ނަމޫނާއެއް ކަމަށެވެ.

ފައިނަލް މެޗުގައި ރާއްޖޭގެ ރައިފާ އިބްރާހިމް ހަތް ޕޮއިންޓް އެއްކޮށްދިންއިރު، ކެޕްޓަން، އާމިނަތު ޝިއުރާ އަބްދުލް ބާރީ ވަނީ ހަ ޕޮއިންޓާ އެކު ނުވަ ރީބައުންޑް ނަގައިފައެވެ.

އިންޑިއާ އިން އެންމެ މޮޅަށް ކުޅުނު ދަރްޝިނީ 20 ޕޮއިންޓާ އެކު ހަތް އެސިސްޓް ހަދައި، ފަސް ރީބައުންޑް ވަނީ ނަގައިފައެވެ.

މުބާރާތުގައި މި ދެ ޓީމުގެ މެދުގައި އިއްޔެ ކުޅުނު ރައުންޑް ރޮބިންގެ ފަހު މެޗުން އިންޑިއާ މޮޅުވީ 113-25 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު