ENGLISH
21 އޭޕްރީލު 2025
ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ، މަޖިލީހުގެ މަސައްކަތާމެދު ސުޕްރީމް ކޯޓަށް ގޮތް ނުނިންމޭނެ ކަމަށް ނިންމީވެސް އެމްޑީޕީން!
27 ފެބްރުއަރީ 2025
|
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް - ފޮޓޯ: އެޑިޝަންއެމްވީ
ރައްޔިތުންގެ މަޖިލިސް ހިންގާނެ ގޮތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާ އެއީ ގާނޫނު އަސާސީން ވަރަށް ސާފުކޮށް މަޖިލީހަށް ލިބިފައިވާ ބާރެއް ކަމަށް ވުމާއެކު އެހެން އެއްވެސް މުވައްސަސާއަކުން ނުވަތަ އެހެން އެއްވެސް ބާރަކުން މަޖިލިސް ހިންގާނެ ގޮތް އެހެން ގޮތަކަށޭ ބުނުމުގެ ބާރު ލިބިގެންވާ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ބުނީ އިދިކޮޅު އެމްޑީޕީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެވ.
އެމްއެމްޓީވީގެ 'ބޮޑު ޚަބަރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ 2024 ވަނަ އަހަރުގެ ކުރީކޮޅު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފްލޯގަ އެކަމާމެދު މަޝްވަރާ ފަށާފައިވާ ކަމަށެވެ.
19 ވަނަ މަޖިލީސް ހިނގަމުން ދަނިކޮށް މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމެއް ކަމުގައި ބެލުމަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރު ނެރެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައެވެ.
އެކަމާގުޅިގެން އޭރު ރިޔާސަތުގައި އިންނެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ, ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ ގާނޫނުއަސާސީއާ ހިލާފުތޯ ނިންމުމެއް ނެތި ކަމަށެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ އެ އަމުރު ނެރެފައިވަނީ ހުށަހެޅިފައިވާ މައްސަލަ ނިންމުމެއްނެތި އަދި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއްތޯ ވެސް ބެލުމެއް ނެތި ކަމަށް ވުން ކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ހިނގާ ގޮތާމެދު އެހެން އެއްވެސް އިދާރާއަކަށް ބަސް ނުބުނެވޭނެ ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރިފާއު ވިދާޅުވީ އޭރުގެ މަޖިލީހުގެ ރައީސަކަށް ހުންނެވި ހިތަދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަސްލަމް އެ ބަހުސް ހުޅުވާދެއްވީ އެ ހުކުމަށް މަޖިލީހުން ގޮތެއް ނިންމުމަށް ކަމަށެވެ. އެހެންކަމުން އެކަމުން ވެސް އެނގެނީ ސުޕްރީމް ކޯޓުން މަޖިލީހުގެ މައްޗަށް އަމުރެއް ނެރެވިދާނެ ކަމަށް އެމްޑީޕީން ވެސް ގަބޫލުނުކުރާ ކަން ކަމަށެވެ.
"އެހެންވީމަ އޭގެންވެސް އެނގެނީ އެމްޑީޕީގަ ތިއްބެވި މެންބަރުންނަށް ވެސް ގަބޫލެއް ނުކުރެވެޔޭ ރައްޔިތުންގެ މަޖިލީހުގެ ގޮތުގައި އެ ބޭފުޅުން ތިބިއިރު އެބޭފުޅުންނަކަށް ގަބޫލެއް ނުކުރެވޭ ސުޕްރީމް ކޯޓުން އެބޭފުޅުންގެ މައްޗަށް އަމުރެއް ނެރެވިދާނެ ކަމަކަށް. އޭރު ޖުޑީޝިއަލް ސަރވިސް ކޮމިޝަންގެ ރައީސަކަށް ހުންނެވި ހިސާން ހުސައިންވެސް އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހަމަ އެމޭރުމުން ވާހަކަދެއްކެވީ. " - މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
މެންބަރު ވިދާޅުވީ އެހެންކަމުން އޭރުވެސް ހުރިހާ ބޭފުޅުންވެސް ގަބޫލުކުރާ އެއް ކަމެއް އެބައޮތް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ގާނޫނު ހެދުމާ ގާނޫނު ބަދަލުކުރުން ނުވަތަ އިސްލާހު ކުރުން އަދި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބާރެއް އިތުރު ބައެއްގެ އަތުގަ ނެތްކަން ކަމަށް މެންބަރު ތަކުރާރު ކޮށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނޫއަަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުންދާއިރު ދައުލަތުންވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ވިދާޅުވެ އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފައެވެ. ދައުލަތުން ދެކޭގޮތުގައިި ގާނޫނުއަސާސީއަށް މަޖިލީހުން ގެންނަ އިސްލާހެއްގައި އިޖުރާއީ މައްސަލައެއް ނެތްނަމަ އެ އިސްލާހެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަނޭޅޭނެއެވެ.
ދައުލަތް ތަމްސީލުކުރައްވާ ބަންޑާރަނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓަށް ބެލޭނީ ގާނޫނުއަސާސީ މާނަކުރުމާ ގުޅޭ ގޮތުން ހުށަހަޅާ ދުސްތޫރީ މައްސަލަތަކާއި ގާނޫނެއް، ނުވަތަ ގަވާއިދެއް ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނިންމުމެއް ގާނޫނުއަސާސީއާ ޚިލާފުވެގެން ހުށަހަޅާ މައްސަލަތައް އެކަނި ކަމަށެވެ.