ENGLISH

22 އޭޕްރީލު 2025

Advertisement

ސާބާ އަންހެން ބާސްކެޓު ބޯޅަ މުބާރާތުގައި ޤައުމީ ޓީމުން ރިހި މެޑަލް ހޯދުމުން ރައީސް މަރުޙަބާ ވިދާޅުވެއްޖެ

27 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތުން ދިވެހި ޤައުމީ ޓީމަށް ރިހި މެޑަލް ލިބުމާ ގުޅިގެން އެ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. 

މިއީ މި މުބާރާތުގެ ތާރީޚުގައި ރާއްޖޭން ރިހި މެޑެލް ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން، ދެ ފަހަރެއްގެ މަތިން ރާއްޖޭން ވަނީ ލޯ މެޑެލް ހާސިލްކޮށްފައެވެ. އެއީ، 2016 އާއި 2022 ވަނަ އަހަރު އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުޅުނު މި މުބާރާތުގައި ރޭ ކުޅުނު މެޗުން ރާއްޖެ އަތުން އިންޑިއާ މޮޅުވީ 107-32 އިންނެވެ. 

ފައިނަލް މެޗުގައި ރާއްޖޭގެ ރައިފާ އިބްރާހިމް ހަތް ޕޮއިންޓް އެއްކޮށްދިންއިރު، ކެޕްޓަން، އާމިނަތު ޝިއުރާ އަބްދުލް ބާރީ ވަނީ ހަ ޕޮއިންޓާއެކު ނުވަ ރީބައުންޑް ނަގައިފައެވެ.

އިންޑިއާ އިން އެންމެ މޮޅަށް ކުޅުނު ދަރްޝިނީ 20 ޕޮއިންޓާ އެކު ހަތް އެސިސްޓް ހަދައި، ފަސް ރީބައުންޑް ވަނީ ނަގައިފައެވެ.

މުބާރާތުގައި މި ދެ ޓީމުގެ މެދުގައި އިއްޔެ ކުޅުނު ރައުންޑް ރޮބިންގެ ފަހު މެޗުން އިންޑިއާ މޮޅުވީ 113-25 އިންނެވެ.

ދިވެހި އަންހެން ޤައުމީ ޓީމުން މި މުބާރާތުގައި ހޯދި ތާރީހީ ކާމިޔާބާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ޓީމަށް މަރުޙަބާ ވިދާޅުވާ ކަމށެވެ. 

އޭގެ އިތުރަށް އިންޑިޔާއާ ވާދަކުރި ފައިނަލު މެޗުގައި ޤައުމީ ޓިމުން ދެއްކި ހިތްވަރާއި ކުޅުނު ރީތި ކުޅުން ފާހަގަކުރައްވައި ރައީސް އެ ޓީމަށް އައްސަރިބަހާއި ސާބަސް ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު