ENGLISH
22 އޭޕްރީލު 2025
"ނޫރުލް އަޛާން" މުބާރާތް، އަންނަ އަހަރު މާ ފުޅާކޮށް ބާއްވާނެ: ޑރ.ޝަހީމް
27 ފެބްރުއަރީ 2025
|
ނޫރުލް އަޛާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޑރ.ޝަހީމް ވާހަކަދައްކަވަނީ-- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މިއަހަރަށްވުރެ ފުޅާކޮށް، ބޮޑުކޮށް ނޫރުލް އަޛާން މުބާރާތް އަންނަ އަހަރު ބާއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ މިމުބާރާތަކީ ދީނީ މިފަދަ ކަންކަމުގައި ކުދިންގެ ހުނަރު އިތުރަށް ތަރައްގީކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބޭއްވިގެންދާ މުބާރާތެއް ކަމަށެވެ.
ޑރ.ޝަހީމް އިތުރަށް ވިދާޅުވީ އަންނަ އަހަރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި މިމުބާރާތުން ވަނަތަކަށްދާ ފަރާތްތަކަށް، މާލޭގެ އެމްމެ ބޮޑު ދެމިސްކިތް ކަމަށްވާ މަސްޖިދު ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގަ އާއި މަސްޖިދު މަލިކި ސަލްމާންގައި ބަންގި ގޮވުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.
މިފަދަ އެކި ރޮނގުތަކުން ޒުވާން ކުދިން ކުރިއަށްދާތަން ފެންނަކަން ފާހަގަކުރައްވާ، އެކަމާ އުފާ ފާޅުކުރައްވަމުން ޑރ.ޝަހީމް ވިދާޅުވީ މިކަމަކީ އިސްލާމީ މުޖުތަމަޢަށް އުފާވެރިކަމެއްކަމަށާއި އެފަދަ ކުދިން ޚިޔާރުކޮށްފައި އެވަނީ ވަރަށް ހެޔޮ މަގެއްކަމަށެވެ.
މިއަހަރުގެ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހާސިލުކޮށްފައިވަނީ ސުލައިމް މުޙައްމަދު ލަޠީފްއެވެ. ދެވަނަ ހާސިލުކޮށްފައިވަނީ ހަމްޒާ ބިން ޙަސަންއެވެ. ތިންވަނަ ހާސިލުކޮށްފައިވަނީ ހަނޫން ޙުސައިންއެވެ.