ENGLISH

22 އޭޕްރީލު 2025

Advertisement

އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު މަރުވެއްޖެ

27 ފެބްރުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

 ތ. މަޑިފުށީގައި އަންހެނަކަށް ޖިންސި ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު މަރުވެއްޖެއެވެ. 

ފުލުހުން މައުލޫމާތުދިން ގޮތުގައި، އުމުރުން 63 އަހަރުގެ މީހެއްގެ މައްޗަށް އެ ރަށު އަންހެނަކު ރޭޕްގެ ތުހުމަތުކޮށް މިދިޔަ އާދީއްތަ ދުވަހު މައްސަލައެއް އެ ހިދުމަތަށް ހުށަހަޅާފައިވެއެވެ. މި މައްސަލަ ހުށަހެޅި އަންހެންމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

އެ ތުހުމަތާ ގުޅިގެން ތުހުމަތު ރައްދުވާ ފިރިހެންމީހާ ފުލުސް އޮފީހަށް ހާޒިރުކޮށް ފުލުހުންވަނީ އޭނާއާ ސުވާލުކޮށްފައެވެ. 

އެ މައްސަައިގައި ތުހުމަތުވާ މީހާ މިހާރު މަރުވެފައިވާ ކަމަށާއި، އެއީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވީ މީގެ ދެ ރޭ ކުރީންނެވެ.

ރޭ މީޑިއާއަަށް ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން ގެންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު