ENGLISH
22 އޭޕްރީލު 2025
މައްސަލަތައް ތަހުޤީޤު ކުރަނީ އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ބެލުމެއް ނެތި: އޭސީސީ
26 ފެބްރުއަރީ 2025
|
ކޮމިޝަނަށް ހުށަހެޅި ތަހުޤީޤު ކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ބެލުމެއް ނެތި ވަކި ފަރާތަކަށް ބުރަނުވެ ތަހުޤީޤު ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދީފިއެވެ.
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހެޅި، ތަހުޤީޤު ކުރަމުން ގެންދާ މައްސަލައާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުގެ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ކޮރަޕްޝަނުގެ ޢަމަލެއް، އެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބުނާ ފަރާތަކުން ކުރަމުންދާ ކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހެޅިއްޖެ ނަމަ އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަހުޤީޤު ކުރުމަކީ ކޮމިޝަނުގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއެއްް ކަމަށެވެ.
ޤާނޫނު އަސާސީގެ 202 ވަނަ މާއްދާ އާއި އޭސީސީގެ ޤާނޫނުގެ 21 އަދި 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ މައްސަލަތައް ބެލުމުގައި ޖިނާޢީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ޤާނޫނުތަކާއި ޤަވާއިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުން ގެންދާނެކަން ކަށުކޮށްދޭ ކަމަށް އޭސީސީގެ ބަޔާނުގައި ބުންޏެވެ.