ENGLISH
22 އޭޕްރީލު 2025
އުތުރުގައި ޤާއިމުކޮށްފައިވާ 21 ފެރީ ސްޓޮޕެއް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއާ ހަވާލުކޮށްފި
26 ފެބްރުއަރީ 2025
|
ފެރީ ސްޓޮޕްތައް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސްއާ ހަވާލުކުރުން --- ފޮޓޯ: އެމްއެމް
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢުގެ ދަށުން އުތުރުގައި އިމާރަތްކޮށްފައިވާ 21 ފެރީ ސްޓޮޕެއް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.
ސިޓީތަކާ ބެހޭ ވުޒާރާއާ ހަވާލުކުރެވުނު ފެރީ ސްޓޮޕްތަކަކީ މުޅިރާއްޖެ ގުޅުވައިދޭ ދަތުރުފަތުރުގެ ނިޒާމު، އާރްޓީއެލް ނިޒާމުގައި ބޭނުންކުރާނެ ފެރީ ސްޓްޕްތަކެކެވެ.
ފެރީ ސްޓޮޕްތައް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޓީސީސީއާއި، ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންހުތަކާއި ބެހޭ ވުޒާރާއާ ދެމެދުއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިފެރީ ސްޓޮޕްތައް ހަވާލުކުރުމުގެ ލިއުން ސިޓީތަކާ އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއާ ވަނީ ހަވާލުކުރައްވާފައެވެ. އަދި ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ފަރާތުން ލިއުން ހަވާލުކޮށްދެއްވީ ވަޒީރު މުހައްމަދު އަމީންއެވެ. އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާގެ ފަރާތުން ލިއުމާއި ހަވާލުވެވަޑައިގެންނެވީ، ވަޒީރު އާދަމް ޝަރީފް އުމަރެވެ.
މިއެއްބަސްވުމުގެ ދަށުން ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އެ ފެރީ ސްޓޮޕްތައް ކައުންސިލްތަކުން ބަލަހައްޓާ ގޮތަށް އެ ރަށެއްގެ ކައުންސިލްއާ ހަވާލުކުރެވޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ޝާރީފް ވިދާޅުވީ، ފެރީ ސްޓޮޕްތަކާއި ފެރީ ސްޓޮޕްތައް ޤާއިމުކުރެވިފައިވާ ބިމާ ގުޅޭ ހުރިހާ ހައްގުތައް ކައުންސިލްތަކުގެ ދަށަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ކޮމާޝަލް އޭރިއާތަކާ އިންވެގެންވާ ސަރަހައްދު ކުއްޔަށް ދިނުމާއި މާލީ މަންފާ ލިބިގަތުމުގެ ހައްގު ކައުންސިލްތަކަށް ފުރިހަމައަށް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައި ވަނީ ރ. އަދި ބ. އަތޮޅުގައެވެ.