ENGLISH
22 އޭޕްރީލު 2025
ހިޔާ ފްލެޓަކަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި
26 ފެބްރުއަރީ 2025
|
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓަކަށް ވަދެ ވަޅިން ބިރުދައްކާ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައެްސަލައާ ގުޅިގެން ފުލުހުން ބުނީ، މިދިޔަ ހޯމަ ދުވަހުގެ ރޭ 10:54 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި ވަޅިން ބިރުދައްކާ މާރާމާރީ ހިންގަން އުޅުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލާއިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ/ ފިޔާތޮށިގެ މުހައްމަދު ލުބާން ގައްހާރު (26އ) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.