ENGLISH

22 އޭޕްރީލު 2025

Advertisement

އައްޑޫ ސިޓީ ހަންކެނޑަ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

26 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

އައްޑޫ ސިޓީ ހަންކެނޑަ ބްރިޖް

އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، އައްޑޫ ބްރިޖުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާ މައްސަލަ ހެނދުނު 9:49 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް އެނގިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު ބާރު ސްޕީޑުގައި މަރަދޫއިން ހިތަދޫކޮޅަށް ދުއްވާފައި ގޮސް ބްރިޖު ބެންޑު ހިސާބުން ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. 

މިހާދިސާގައި ނިޔާވެފައި ވަނީ ކ. މާލެ، ގ. ނައިޓް ޑްރީމް، ލީވާން އަބްދުއްސައްތާރު (24އ) އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު