ENGLISH
10 ޖުލައި 2025
މެމްބަރުން ޕާޓީ ބަދަލު ކުރުމުގެ މައްސަލަ: ގަނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލް ކުރުމާ ގުޅޭ މައްސަލައިގެ އަޑުއެހުން ކެންސަލް
26 ފެބްރުއަރީ 2025
|
މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލައިގެ، މިއަދުގެ އަޑުއެހުން ކެންސަލްވެއްޖެ އެވެ.
މިއަދު ހެނދުނަށް ތާވަލް ކޮށްފައިވަނީ މި މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ތެރެއިން އެދިފައިވާ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމުމަށެެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން މިއަދު ސަސްޕެންޑްކުރުމުގެ ސަބަބުން މިއަދުގެ އަޑު އެހުން ވަނީ ކެންސަލްވެފައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގައި އެ ގޮތަށް ނިންމީ އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުންނެވެ. ޖޭއެސްސީގެ މެމްބަރަކު ވިދާޅުވީ، އެ ފިޔަވަޅު އެޅީ އޭސީސީން ބަލާ މައްސަލައިގެ ތަފުސީލު އެ ކޮމިޝަނާ ހިއްސާ ކޮށްފައިވާތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިމިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.