ENGLISH
22 އޭޕްރީލު 2025
ޕޮލިސް ބޯޑަށް ދެ މެމްބަރުން އައްޔަނުކުރަނީ
26 ފެބްރުއަރީ 2025
|
ފުލުހުންގެ މައި އިދާރާ
ޕޮލިސް ބޯޑުގެ ދެ މަގާމަކަށް ބޭފުޅުން އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
އާންމު ރައްޔިތުންގެ ތެރެއިން ޕޮލިސް ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބޭފުޅުންގެ ނަންތައް އިއުލާނުކުރުމަށް ފަހު، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
ޕޮލިސް ބޯޑަށް ކުރިމަތިލެއްވި ބޭފުޅުން
ޕޮލިސް ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އައްޔަނުކުރާ ދެ މެންބަރުންގެ މައްޗަށެވެ.