ENGLISH

22 އޭޕްރީލު 2025

Advertisement

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފި

26 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ސަސްޕެންޑުކޮށްފި އެވެ.

'އެމްއެމް ޓީވީ' އަށް އެނގިފައިވާ ގޮތުގައި ސަސްޕެންޑުކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރުން ކަމަށްވާ، އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދެވެ. އެހެންނަމަވެސް އެ ކޮމިޝަނުން އެ ގޮތަށް ނިންމި ސަބަބެއް އެނގިފައެއް ނުވެ އެވެ. 

އެބޭފުޅުން ސަސްޕެންޑުކުރުމަށް ޖޭއެސްސީން ނިންމާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަަރަކު ޕާޓީ ބަދަލުކުރައްވައިފިނަމަ ނުވަތަ ޕާޓީން މެންބަރަކު ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގެންފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެންނެވި އިޞްލާހާ އެއްގޮތަށް އަމަލުކުރުން މަޑުޖައްސައިލުމާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް ފަށަން ކުޑަތަންވެފައިވަނިކޮށެވެ. އެ ބައްދަލުވުން ތާވަލިކުރީ މިއަދު ހެނދުނު 11 އަށެވެ. 

އެއާއެކު އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. 

މި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައި މިވަނީ، އެ ކޯޓުގެ ބެންޗު 7 އިން 5 އަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ފާސްކޮށްފައިވަނިކޮށެވެ.ފަނޑިޔާރުކަމުގެ މަގާމުން ދެ ބޭފުޅުން ވަކިކުރުމަށް ނިންމައި މަޖިލީހަށް ހުށަހަޅަން ޖެހޭނީ ޖޭއެސްސީން ކަމަށް އެ އިސްލާހުގައިވެ އެވެ. އަދި އަދި މަގާމުން ވަކިކުރާ ފަނޑިޔާރުންގެ ނަންތައް މި އިސްލާހަށް އަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭއިރު މަޖިލީހުން ވެސް އެ މަސައްކަތް ގިނަވެެގެން 7 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު