ENGLISH
22 އޭޕްރީލު 2025
ސަރުކާރުން ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ: ނާއިބު ރައީސް
25 ފެބްރުއަރީ 2025
|
ނާއިބު ރައީސް ހުސައިން މުޙައްމަދު ލަތީފް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ގާނޫނާ ޚިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަށް ޖާގަދޭނެ ސަރުކާރެއް ނޫން ކަމަށް ނާއިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާއިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ތެރެއިން ޖުމްލަ ހައްލު ހޯދުމަށް މަސައްކަތް ކުރެވެމުންދާ ބިދޭސީންގެ މައްސަލަ އާއި މަސްތުވާތަކެތީގެ މައްސަލަ އާއި އަދި މިނޫން ވެސް ޤާނޫނާ ގަވާޢިދާ ޚިލާފަށް ހިންގަމުންދާ ކުށުގެ އަމަލުތައް ހުއްޓުވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.
".. އަދި މިދެންނެވި މަސައްކަތްތައް މީގެ ކުރިން ނުހިނގާ ބާރުމިނުގައި، ކާމިޔާބުކަމާއެކު ހިނގަމުންދާކަމީ ދިވެހި ރައްޔިތުން ހެކިވާނެ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.
ނާއިބު ރައީސް ވިދާޅުވި ގޮތުގައި މަދު ސިޔާސީ ބަޔަކު އިސްވެތިބެ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަށް ހުރަސްއަޅައި، ގައުމުގެ ހަމަޖެހުން ނަގާލުމަށެވެ.
އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަށް ޖާގަދޭނެ ސަރުކާރެއް ނޫން ކަމަށެވެ.
މަޖިލީހުގައި މިއަދު ވަނީ ވަޒީރު އިޙުސާންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިފަ އެވެ. އެއީ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ އެކެވެ. ނަމަވެސް މަޖިލީހުގެ ސާފު މެޖޯރިޓީން ނިންމީ ވަޒީރު އިޙްސާންގެ އިތުބާރު އޮތް ކަމަށެވެ.