ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ށ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ފަށައިފި

25 ފެބްރުއަރީ 2025

|

އަޙުމަދު ޙަމީދު

ދިވެހި ޕާސްޕޯޓް

ށ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ށ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށާފައިވާ ކަމަށެވެ. އެ ޚިދުމަތް ފައްޓަވައި ދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމުގެ އިތުރުން އާބާދީ ބޮޑެތި ރަށްތަކުން އެ ޚިދުމަތް ދޭން ވެސް ސަރުކާރުން ވަނީ ފަށާފަ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޚިދުމަތް ދިނުމުގެ މަަސައްކަތް ވެސް ފައްޓަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު