ENGLISH

22 އޭޕްރީލު 2025

Advertisement

ދ. ހުޅުދެލީގައި ވެމްކޯގެ ހިދުމަތްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި

25 ފެބްރުއަރީ 2025

|

އިސްމާއީލް ރާތިއު

ރައީސުލް ޖުމްހޫރިއްޔާ، ދ.ހުޅުދެލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހުޅުދެއްޔަށް ވަޑައިގެން، އެރަށުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިިމިޓެޑް (ވެމްކޯ) އާއި ހަވާލުކުރައްވާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

ދ.އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ދ.ހުޅުދެލީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެންވަޔަރަމެންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގު އިބްރާހީމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުޖުތަބާ ޖަލީލެވެ. 

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިކަމަކީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ހުޅުދެލީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކުގެ ތެރެއިން ވައުދެއް ކަމަށާއި ގިނަވެގެން ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ހުޅުދެލީގައި ކުނި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ހިދުމަތްދޭން ފެށޭނެކަމަށެވެ.

ރައީސް ވަނީ މީގެ އިތުރުންވެސް އެމަނިކުފާނު ކެމްޕެއިންގެ ތެރޭގައި ހުޅުދެލީ ރައްޔިތުންނަަށް ވެވަޑައިގަތް އެހެނިހެން ވައުދުތަކުގެ އަމަލީ މަސައްކަތްވެސް ވީއެންމެ އަވަހަކަށް ފަށާ، ބާރު ދުވިެލީގައި ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު