ENGLISH

22 އޭޕްރީލު 2025

Advertisement

މަޖިލީހުން ނިންމީ މިނިސްޓަރު އިހުސާނަށް އިތުބާރު އޮތް ކަމަށް!

25 ފެބްރުއަރީ 2025

|

ޝާމަ ޝުޢައިބު

ވަޒީރު ޢަލީ އިހްސާން / ފޮޓޯ: ދާޚިލީ ވުޒާރާ

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި، މިނިސްޓަރު އިހުސާނަށް އިތުބާރު އެބަ އޮތް ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުސާންގެ އިތުބާރު އޮތް ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 64 މެންބަރުން މިނިސްޓަރަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވުމުންނެވެ. އިހުސާނަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލައަކީ ޑިޕާޓްމެންޓު އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެކެވެ. 

އެގޮތުން އެމްޑީޕީން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނަަށް ހުށަހަޅާފައިވާ ފޯމުތަކުގައި އެކުލެވޭ މައުލޫމާތަކީ ޑީއެންއާރްގެ ޑޭޓާބޭސްއިން މެނުވީ ނުލިބޭނެ މައުލޫމާތުތަކެއް ކަމަށެވެ. 

އަދި އިހުސާން މިނިސްޓަރުކަމުގައި ހުންނެވުމަކީ އެ މައްސަލައިގެ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ ފުރުސަތު އޮންނާނެ ކަމެއްގެ ގޮތުގައި ސިފަކޮށް، އެމްޑީޕީން ބުނެފައިވަނީ އޭނާ އެ މަގާމުގައި ހުންނެވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. 

މި މައްސަލަ ހުށަހަޅާފައިވާއިރު އަހަރަކާއި ދެ މަސް ކުރިން މަޤާމާ ހަވާލުވެވަޑައިގެންނެވި އިހުސާން ގެންދަވަަނީ އޭނާގެ ވުޒާރާގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ގިނަ ކަންތައްތަކެއް ރަނގަޅުކުރެއްވުމަށް މަސައްކަތްތައް ކުރައްވަމުންނެވެ. 

އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލަަތަަކާއި އިންތިޒާމުވެގެން ކުށްކުރުމުގެ މައްސަލަ ހައްލުކުރުމަށް އިހުސާނުގެ ބެއްލެވުމުގެ ދަށުން ދާހިލީ ސަލާމަތާ ބެހޭ ވުޒާރާގެ ދަށުގައި ހުރި މުއައްސަސާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު