ENGLISH
10 ޖުލައި 2025
ޕީއެންސީން ސިޔާސީ މަޤުސަދުތައް ހާސިލްކުރުމުގައި ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރާނެ: ޝިޔާމް
25 ފެބްރުއަރީ 2025
|
މިނިސްޓަރ ޝިޔާމް / ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ސިޔާސީ މަޤުސަދުތައް ހާސިލްކުރުމުގައި ރައްޔިތުންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެކަމަށް މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙުސާން ދެއްކެވި ވާހަކައަށް ތާއީދުކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ އަދުގެ ސަރުކާރުން ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށްދޭނެ ކަމަށެވެ.
ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންނާ ގުޅުންހުރި ކަންކަން ތަންފީޒުކުރުމުގައި އެއްވެސް ވަރަކަށް ދޫދޭނެ ސަރުކާރެއް ނޫންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ކޮރަޕްޝަނާއި ފަސާދަޔަށް ކުޑަވެސް ޖާގައެއް ނުދޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ދިވެހި ރާއްޖޭގައި އޮތް ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ވޭތުވެ ދިޔަ ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރަކީ ހަޤީޤީ މާނާގައި ކޮރަޕްޝަނަށް ނޫނެކޭ ބުނާ ސަރުކާރެއްކަން ވެސް ފާހަގަކޮށްލެވެއެވެ.