ENGLISH
10 ޖުލައި 2025
ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު: އެއްގަމުތޮށިލުމުގެ މަސައްކަތުގެ 94 އިންސައްތަ ނިމިއްޖެ
25 ފެބްރުއަރީ 2025
|
ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެދަށުން، އެއްގަމުތޮށިލުމުގެ މަސައްކަތުގެ 94 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫޢަކީ 43.28 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، 10،614 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1375 ކިއުބިކް މީޓަރުގެ ޑިޓޭޗް ރޭމްޕް ސަރަޙައްދެއް ފުންކުރުމާއި، 570 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 14 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 375 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 89 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 418 އަކަ މީޓަރުގެ ސަރަޙާއްދެއްގައި ޕޭވްމަންޓް ހެދުމާއި، ދެކުނު ފަރާތުގެ ރިވެޓްމެންޓްގައި ޑިޓޭޗް ރޭމްޕެއް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ގާތްގަނޑަކަށް ދެހާހެއްހާ މީހުން ދިރިއުޅޭ ހޮޅުދޫއަކީ ބިންކުޑަ ނަމަވެސް އާބާދީ ހެޔޮވަރު ރަށެކެވެ. އެހެންކަމުން މި މަޝްރޫޢުގެ ސަބަބުން އެރަށު ރައްޔިތުންނަށް އެތަކެއް ލުއިފަސޭހަތަކެއް ލިބި، ހިތްހަމަޖެހުން ލިބިގެންދާނެއެވެ. ހަމައެހެންމެ އުދައެރުމާއި ރަށްގިރުމުގެ މައްސަލައަށް ވެސް މިކަމުގެ ސަބަބުން ހައްލެއް ލިބިގެންދާނެއެވެ.
ނ. ހޮޅުދޫ ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 2023 ޖަނަވަރީ 16 ގައެވެ.