ENGLISH

10 ޖުލައި 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ އަށް ރިނބުދޫއިން ހޫނު މަރުޙަބާއެއް

25 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. ރިނބުދޫ ރައްޔިތުންނާ ސަލާމްކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދ. ރިނބުދޫއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރިނބުދޫން ރައީސަށް މަރުޙަބާ ދަންނަވަން ނުކުމެތިބި މީހުންގެ ތެރޭގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ޢާއްމުން ހިމެނެއެވެ. މީގެ އިތުރުން އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވެސް ރައީސް އަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަޙައްދަށް ނުކުމެ ތިއްބެވެ.

ރައީސުލްޖުމްހޫރިއްޔާ ރިނބުދޫ ރައްޔިތުންނާ ސަލާމްކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސް ރިނބުދޫއަށް ވަޑައިގެންނެވީ ނިލަންދެ އަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ކުޑަހުވަދޫއަށެވެ. އެއަށްފަހު މާއެނބޫދޫ، ބަނޑިދޫ އަދި މީދޫއަށް ރައީސް ވަޑައިގަންނަވާފައިވެއެވެ. އަދި ރިނބުދޫ ދަތުރު ނިންމެވުމަށްފަހު ހުޅުދެލިއަށް ދިއުމަށްވަނީ ހަމަޖެހިފައެވެ. 

ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަނީ ގިނަ މަޝްރޫޢުތަކެއް އިފްތިތާހުކޮށްދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު