ENGLISH
12 ސެޕްޓެމްބަރު 2025
ކުވައިތުގެ ޤައުމީ ދުވަހާއި މިނިިވަން ދުވަހުގެ ތަހުނިޔާ، ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވައިފި
25 ފެބްރުއަރީ 2025
|
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު (ކ) ކުވައިތުގެ އަމީރު އަމީރު ޝެއިޚް މިޝްޢަލް އަލް އަޙްމަދު އަލް ޖާބިރު އަލް ޞަބާޙް (ވ)
ކުވައިތުގެ ޤައުމީ ދުވަހާއި މިނިިވަން ދުވަހުގެ ތަހުނިޔާ، އެގައުމުގެ އަމީރު ޝެއިޚް މިޝްޢަލް އަލް އަޙްމަދު އަލް ޖާބިރު އަލް ޞަބާޙް އަށާއި، އެގައުމުގެ ބޮޑުވަޒީރު ޝެއިޚް އަޙްމަދު ޢަބްދުﷲ އަލް އަޙްމަދު އަލް ޞަބާޙުގެ އިތުރުން ކުވައިތުގެ ސަރުކާރަށާއި އެގައުމުގެ އެންމެހައި ރައްޔިތުންނަށް، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ކުވައިތުގެ ޤައުމީ ދުވަހާއި މިނިިވަން ދުވަހާއި ގުޅިގެން އެމަނިކުފާނު އެކްސްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި ކުވައިތާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ އަސްލަކީ އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ދެމިތިބުމާއި ދެގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމާއި އިތުބާރު ދެމެހެއްޓުމަށްޓަކައި ދެގައުމުންވެސް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
އަދި ދެގައުމުގެ ޒަމާންވީ ގުޅުމުގެ ސަބަބުން ދެގައުމުގެ ރައްޔިތުންގެ މެދުގައިވެސް ގާތް ގުޅުންތަކެއް ގާއިމުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވާ، މިގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.