ENGLISH

10 ޖުލައި 2025

Advertisement

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

25 ފެބްރުއަރީ 2025

|

އިސްމާއީލް ރާތިއު

ސްޓެލްކޯގެ މައި އިމާރާތް-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދުގެ ބައެއް ވަގުތުތަކުގައި ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް އެކުންފުނިން ބުނެފިއެވެ. 

ސްޓެލްކޯއިން މައުލޫމާތުދޭ ގޮތުގައި  ބަޑިފަސްގަނޑު މަގު، ބިންހިމަ ގޯޅި އަދި ކޯރުކެނޑި މަގު ހިމެނޭ ސަރަޙައްދުން މިއަދު (25 ފެބުރުވަރީ 2025) ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ކަނބާ އައިސާރަނި ހިނގުން އަދި ސަބްދެލި މަގު ހިމެނޭ ސަރަޙައްދުން މިއަދު (25 ފެބުރުވަރީ 2025) މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދައްޗަކަށް އެކުންފުނީގެ ފަރާތުން މާފަށް އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު