ENGLISH
10 ޖުލައި 2025
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
25 ފެބްރުއަރީ 2025
|
ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދާ މީހާ-- ފޮޓޯ: ޕޮލިސް
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުވުމަށް އެންގުމުން ހާޒިރު ނުވި މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް، ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.
މި މައްސަލައިގާ ފުލުހުން ހޯދަމުންދަނީ ޢަލީ ނަޛީރު، ދަފްތަރު ނަންބަރު ރސ 14057 / މާލެ (42އ) އެވެ.
އޭނާ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމަށް އެންގުމުން ކޯޓަށް ހާޒިރުވެފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 27 ފެބްރުވަރީ 2025 ވަނަ ދުވަހުގެ 15:00 އަށް ކޯޓަށް ހާޒިރުކުމަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.