ENGLISH

10 ޖުލައި 2025

Advertisement

މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަން ސަރުކާރުން މަސައްކަތް ކުރާނެ: ރައީސް

24 ފެބްރުއަރީ 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މަސްވެރިންނަށް ވެސް ރޯދަ ޢިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވަން މަސައްކަތް ކުރައްވާނެ ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ދ. މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެ ޤާނޫނު މިހާރު ތަސްދީޤު ކުރައްވާފައިވާ ކަަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި ހަފްތާ ނިމުމުގެ ކުރިން ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ރޯދަ މަހުގެ ޢިނާޔަތް ޖަމާކޮށްދެއްވުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވެފައެވެ.

"ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް އަޅުގަނޑު ވައުދުވީ ރަމަޟާންމަހުގެ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސައިދޭނަމޭ. ޤާނޫނީ ހުރަސްތަކެއް ހުރީމަ މަޖިލިސް ތެރެއިން އެކަން ކޮށްދޭނަމޭ. އެކަން ހަމަޖައްސައިދީ މިހާރު އެ ދަނީ ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ޖަމާވަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކުރިއަށް އޮތްތަނުގައި އިތުރު ފަންނުތަކުގެ މަސައްކަަތްތެރީންނަށް ވެސް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ކަމަށެވެ. އެގޮތުން މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށްޓަކާ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

އެކަމުގެ ފެށުމެއްގެ ގޮތުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު