ENGLISH
10 ޖުލައި 2025
މިނިސްޓަރު އިޙުސާނުގެ އިތުބާރު ނެތްކަމަަށް ބުނެ އިދިކޮޅުން ހުށަހެޅި މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި
24 ފެބްރުއަރީ 2025
|
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން، ފޮޓޯ: ރައީސް އޮފީސް
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލައަކީ ޑިޕާޓްމެންޓު އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.
އެގޮތުން އެމްޑީޕީން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނަަށް ހުށަހަޅާފައިވާ ފޯމުތަކުގައި އެކުލެވޭ މައުލޫމާތަކީ ޑީއެންއާރްގެ ޑޭޓާބޭސްއިން މެނުވީ ނުލިބޭނެ މައުލޫމާތުތަކެއް ކަމަށެވެ.
އަދި އިޙުސާން މިނިސްޓަރުކަމުގައި ހުންނެވުމަކީ އެ މައްސަލައިގެ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ ފުރުސަތު އޮންނާނެ ކަމެއްގެ ގޮތުގައި ސިފަކޮށް، އެމްޑީޕީން ބުނެފައިވަނީ އޭނާ އެ މަގާމުގައި ހުންނެވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
މި މައްސަލަ ހުށަހަޅާފައިވާއިރު އަހަރަކާއި ދެ މަސް ކުރިން މަޤާމާ ހަވާލުވެވަޑައިގެންނެވި އިހުސާން ގެންދަވަަނީ އޭނާގެ ވުޒާރާގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ގިނަ ކަންތައްތަކެއް ރަނގަޅުކުރެއްވުމަށް މަސައްކަތްތައް ކުރައްވަމުންނެވެ.
އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލަަތަަކާއި އިންތިޒާމުވެގެން ކުށްކުރުމުގެ މައްސަލަ ހައްލުކުރުމަށް އިހުސާނުގެ ބެއްލެވުމުގެ ދަށުން ދާހިލީ ސަލާމަތާ ބެހޭ ވުޒާރާގެ ދަށުގައި ހގުރި މުއައްސަސާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.