ENGLISH

22 އޭޕްރީލު 2025

Advertisement

ތިމާ ވާން ޖެހޭނީ އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެކަމުގެ ތެދު ދޮގު ބަލާ މީހަކަށް: ރައީސް

24 ފެބްރުއަރީ 2025

|

ހަސަން އާމިރު

ތިމާ ވާން ޖެހޭނީ ތިމާއަށް އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެކަމުގެ ތެދު ދޮގު ބަލާ މީހަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަހުވަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވަނީ ދިވެހި މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންނަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް އިޝާރާތްކުރައްވައިފައެވެ.

ސަރުކާރުން ރައްޔިތުންނަށް މަސްދަޅު ކޭސް ބައްސަވަން ފެއްޓެވުމާ ގުޅިގެން ފަތުރަމުންދާ އަޑުތަކަށް ޢިޝާރަތްކުރައްވައި އެމަނިކުފާނު ވަނީ، ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް، ކަރަންޓުބިލާއި ފެންބިލުން ރަމަޟާންމަހު ޑިސްކައުންޓް ދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމާއި، ދޮގު ޚަބަރު ރައްދުވެއްޖެ މީހާގެ ޢަމަލުތައް ބަހައްޓަންވީ ގޮތާމެދު، ކީރިތި ޤުރުއާނާއި ޙަދީޘްފުޅުން ހެކި ދައްކަވައި ވާހަކަފުޅު ދައްކަވާފައެވެ. މީހަކު ދައްކާހާ ވާހަކައެއް ބަލައިލުމެއް ނެތި ޤަބޫލުކުރުމާމެދު އިސްލާމް ދީން އަންގަވާ ގޮތަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ތިމާ ވާން ޖެހޭނީ ތިމާއަށް އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެކަމުގެ ތެދު ދޮގު ބަލާ މީހަކަށް ކަމަށެވެ.

މުސްލިމުން އުޅެންވާގޮތް، ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާކަން ހަނދުމަފުޅުކޮށްއަރުވަމުން އެ މަނިކުފާނު ވަނީ، ދޮގުހެދުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމާއި، މީހުންގެ ޢަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތައް މި އިސްލާމީ މުޖުތަމަޢުގައި ފެތުރިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ރަމަޟާން މަހު، އަމިއްލަ ނަފުސުތައް މިކަމުން ޠާހިރުކުރުމަށް ޢަޒުމު ކަނޑައެޅުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ހުރިހާ މަންސައެއްގައި ވެސް ދޫ ރައްކާތެރިކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޤައުމީ ތަރައްޤީއަކީ، ފިކުރީ ތަރައްޤީ އާއި ހިތާއި ސިކުނޑީގެ އަދި ނަފުސުގެ ތަރައްޤީކަމުގައި، އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން، ރޭގެ ޖަލްސާގައި ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު