ENGLISH

22 އޭޕްރީލު 2025

Advertisement

ހުޅުމާލެ އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިނިސްޓަރ އަމީން ބައްލަވާލައްވައިފި

24 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ސްޓެލްކޯ ސައިޓު ބައްލަވާލެއްވުމަށް މިނިސްޓަރ އަމީން ކުރެއްވި ޒިޔާރާތުގެ ތެރެއިން-- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

ރަމަޟާން މަހު ކަރަންޓުގެ ދަތިކަމެއް ދިމާވިޔަ ނުދިނުމަށް މާލޭގެ ކަރަންޓު ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ބައްލަވާލައްވައިފި އެވެ.

ހޫނު މޫސުމާ އަދި ކުރިއަށްއޮތް ރޯދަ މަހާ ދިމާކޮށް 17 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރ އަމީން ވަނީ ސްޓެލްކޯގެ އިސްވެރިންނާ އެކު އެ ސައިޓަށް ޒިޔާރާތްކުރައްވާފަ އެވެ.

ސައިޓު ބައްދަލަވާލެއްވުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، އަންނަ ރޯދައިގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ސްޓެލްކޯއިން ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.  

ސްޓެލްކޯއިން މީގެކުރިން ބުނެފައިވަނީ މަސައްކަތަށް ބޭނުންވާނެ ޓްރާންސްފޯމަރާއި، އިންޖީނާއި ކޭބަލްތައް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް 8 ދުވަހުގެ ތެރޭގައި ބިން ސާފުކޮށް، ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށެވެ. އަދި ހުއްޓުމެއް ނެތި 24 ގަޑިއިރު މިކަމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު