ENGLISH
22 އޭޕްރީލު 2025
ރޯދަ މަހު ސަރުކާރު ބަންދުވާ ފަހު 10 ދުވަހު، އައިޑީ ކާޑު ލިބޭނެ ހާއްސަ ގޮތްތަކެއް ހަމަޖައްސައިފި
24 ފެބްރުއަރީ 2025
|
ޑިޕަރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން. ފޮޓޯ: ޑީއެންއާރު
މާރިޗު މަހުގެ 1 ވަނަ ދުވަހު ފެށޭ، 1446 ވަނަ އަހަރުގެ ރަމަޟާން މަހުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ލިބޭނެ ގަޑިތައް ޑިޕަރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން އިއުލާނުކޮށްފިއެވެ.
ޑީއެންއާރުން އާއްމުކުރި އިއުލާނުގައި ވަނީ ރޯދަ މަހުގެ ސަރުކާރު ހުޅުވިފައި ހުންނަ ދުވަސްތަކާއި، ބަންދު ދުވަސްތަކުގައި އައިޑީކާޑު ދޫކުރާ ގަޑިތައް އާއްމުކޮށްފައެވެ.
ޑީއެންއާރުގެ އިއުލާނުގައި ވާގޮތުން ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ރަސްމީ ދުވަސްތަކުގައި އައިޑީ ކާޑު ދޫކުރާނީ 9:15 އިން 11:30 އާ ދެމެދުއެވެ. ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ކިއުބީ އެޕްލިކޭޝަނުން ނަންބަރު ނަގައިގެންނެވެ. އެގޮތުން، ކިއުބީން ދުވާލަކު ދޫކުރާގޮތަށް ހަމަޖެހިފައިވަނީ 150 ނަންބަރެވެ.
ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާއިރު، އެދުވަސްތަކުގެ ތެރެއިން ކަނޑައަޅާފައިވާ ދުވަސްތަކުގައި އައިޑީކާޑު ދޫކުރާނެއެވެ. އެގޮތުން ފަހު 10 ގެ ގޮތުގައި ގުނާ މާރިޗު 23، 25 އަދި 27 ވަނަ ދުވަހު އައިޑީ ކާޑު ދޫކުރާނެ ކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ. އެދުވަސްތަކުގައި ކިއުބީ މެދުވެރިކޮށް ނަގާ ނަންބަރުތަކަށް އައިޑީ ކާޑު ދޫކުރާނީ ހެނދުނު 9:15 އިން 11:30 އާ ދެމެދުއެވެ. ބަންދުތެރޭގައި ވެސް ކޮންމެ ދުވަހަކަށް ދޫކުރާނީ 150 ނަންބަރެވެ.
ޑީއެންއާރުން ކޮށްފައިވާ އިއުލާނުގައި ބުނީ، ވެރިފަރާތް ނޫން ފަރާތަކުން އައިޑީކާޑާ ޙަވާލުވާނަމަ ސިޓީއަކާއެކު ފޮނުވުން ޙަވާލުކުރާނެ ކަމަށެވެ. އަދި، ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ އެ ޑިޕަރޓްމަންޓުގެ ނަންބަރު 7280368 ފޯނަށް ގުޅުމަށް ޑީއެންއާރުން ވަނީ އެދިފައެވެ.