ENGLISH
22 އޭޕްރީލު 2025
ބަނޑިދޫއަށް މުހިންމު މަޝްރޫއުތަކެއް: ބިން ހިއްކާ ރަށް ގިރުމުގެ މައްސަލަ ހައްލުކޮށް ދެނީ
24 ފެބްރުއަރީ 2025
|
ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ދ. ބަނޑިދޫގައި މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.
ދ އަތޮޅުގެ ރަށްތަކަށް ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ބަނޑިދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނީ ރައްޔިތުންގެ ފުރިހަމަ ޚިޔާލާއި މަޝްވަރާގެ އަލީގައި ކަމަށެވެ. ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ ވެސް އެއީ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް ވެސް ވެރިރަށުގައި ހުންނަވައިގެން ސިޓީބިޓީން ކަންކަން ކުރެއްވޭނެ ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ނޫން ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބޭ މިގޮތަށް ރައްޔިތުންގެ ކައިރިއަށް އައިސް މިގޮތަށް ކަންކަން އޮޅުންފިލުވުން,"
އަދި ވިދާޅުވީ ބަނޑިދޫގެ އެކި ޢުމުރުގެ ރައްޔިތުންނާއި ބައްދަލުވުމުން އެނގިވަޑައިގަތީ ރަށް ގިރުމުގެ މައްސަލައާ މީހުން ދިރިއުޅޭ ސަރަޙައްދުގައި ފައިބަރުގެ މަަސައްކަތް ހިނގުމާއި ރަށުގައި އެކަށީގެންވާ ބިން ނެތުން ފަދަ މައްސަލަތަކަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމުގަ އެވެ.
ރައީސް ވަނީ ބިން ހިއްކުމުގެ މަޝްރޫޢުއެއް އެ ރަށުގައި ކުރިއަށް ގެންދަވާނެ ކަމަށާ އެ މަޝްރޫޢު ނިމޭއިރު ރަށް ގިރުމުގެ މައްސަލަ ހައްލު ކުރެވި ފައިބަރުގެ މަސައްކަތަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި ބަނޑިދޫއަކީ މަސްވެރި ރަށެއްގައި ފާހަގަ ކުރައްވާ މަސްވެރިކަން ކުރިއެެރުވުމުގައި ހާއްސަ ސަމާލު ކަމެއް ދެއްވާ ކަމުގައި ވިދާޅުވި އެވެ. އެ ރަށުގައި މިއަދު ފެށިގެންދިޔަ އައިސްޕްލާންޓްގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށާ އަދި ސުކޫލާއި ހެލްތް ސެންޓަރު ތަރައްގީ ކުރުމަށް އިސްކަން ދެއްވައިގެން މި އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.