ENGLISH
22 އޭޕްރީލު 2025
އުނގޫފާރު އިސްލާމީ މަރުކަޒުގައި ވިނައިލް އަޅަން ހަވާލުކޮށްފި
24 ފެބްރުއަރީ 2025
|
އުނގޫފާރު އިސްލާމީ މަރުކަޒުގައި ވިނައިލް އެޅުމަށް ހަވާލުކުރުން
ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ވިނައިލް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކުރީ ޕްރޮކްސީ ގުރޫޕާއި އެވެ. މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްްތަކާ ބެހޭ ވުޒާރާ އިން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމް އެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖާ މުޙައްމަދު އައިހަމް އަޙްމަދު ޝާހިދު އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ ދެ ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ރަމަޟާން މަސް ފެށުމުގެ ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.
އުނގޫފާރު އިސްލާމީ މަރުކަޒުގައި ރަމަޟާން މަހުގެ ކުރިން ވިނައިލް އެޅުމަށް ހަމަޖެހިފައިވާކަން ހާމަކުރެއްވީ "އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
"އުނގޫފާރު އިސްލާމިކް ސެންޓަރުގައި އިރާދަކުރެއްވިއްޔާ ރަމަޟާން މަހުގެ ކުރިން ކާޕެޓު އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެން" އަހާ ފޯރަމްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވި އެވެ.
މި މަސައްކަތަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގެ ޙާލަތު ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ