ENGLISH

22 އޭޕްރީލު 2025

Advertisement

ބަަނޑިދޫ އައިސްޕްލާންޓުގެ ބިންގާ އަޅުއްވައި، އޭޓީއެމް ހިދުމަތް އިފުތިތާހުކޮށްދެއްވައިފި

24 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ބަނޑިދޫ އައިސްޕްލާންޓުގެ ބިންގާ އަޅުއްވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ދ.ބަނޑިދޫގައި ގާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ އައިސްޕްލާންޓުގެ ބިންގާ އަޅުއްވައިދެއްވައި އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކޮށްފައިވާ އޭޓީއެމްގެ ހިދުމަތް އިފުތިތާހުކޮށްދެއްވައިފިއެވެ. 

ދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ދަނބިދޫއަށް މިއަދު ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންވަނީ ރައީސަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. 

ރައީސް އެރަށަށް ވަޑައިގަތުމުން ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގެ އައިސް ޕްލާންޓުގެ ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ޑރ.ވިތާލީ ލިޔުބޮމިވްއެވެ. 

ސަރުކާރުގެ ޚަރަދުގައި ޤާއިމުކުރާ މި އައިސް ޕްލާންޓުގެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަަންޖެހެއެވެ. އެ އައިސްޕްލާންޓަކީ 30 މެޓްރިކްޓަނުގެ އައިސް ފްލޭކްސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ 50 މެޓްރިކްޓަނުގެ އައިސް ރައްކާކުރެވޭނެ ޕްލާންޓެކެވެ. 

އެ މަޝްރޫޢުގެ އިތުރަށް ރައީސްގެ އިސްނެންގެވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ބޭންކުގެ އޭޓީއެމް ގާއިމުކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ބަނޑިދޫގައި ގާއިމުކުރި އޭޓީއެމްގެ ހިދުމަތް މިއަދު ފަށާފައިވެއެވެ. 

އޭޓީއެމްގެ ހިދުމަތް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އެ ރަސްމިއްޔާތައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ އިތުރަށް އެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު