ENGLISH

22 އޭޕްރީލު 2025

Advertisement

ފަސް ގައުމަކަށް ނޮން- ރެޒިޑެންޓް ސަފީރުން އައްޔަނުކުރަން ފާސްކޮށްފި

24 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ފަސް ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން ކަނޑައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފަސް ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށްޓަކައި ހަތަރު ސަފީރެއްގެ ނަންފުޅު ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައި، އެ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގަ އެވެ.

އެ މައްސަލަ ދިރާސާކުރި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ނިންމުމާ އެގޮތަށް ތަޅުމުން ވެސް ވަނީ ރައީސް ހުށަހެޅުއްވިގޮތަށް އެ މައްސަލަ ފާސްކޮށްފަ އެވެ.  

ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަނުކުރެއްވުމަށް ރައީސް ހުށަހެޅުއްވި ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބުނު ވޯޓު :

  • ބްރޫނާއީ ދާރުއްސަލާމަށް ކަނޑައަޅާ ނޮންރެޒިޑެންޓް ސަފީރު ކަމަށް މެލޭޝިއާގެ ސަފީރު ޑރ. މަރިޔަމް ޝަބީނާ- 47 ވޯޓު
  • ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބަރގް، އަދި ކިންގްޑަމް އޮފް ނެދަލެންޑްސަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ކިންގްޑަމް އޮފް ބެލްޖިއަމްގެ ސަފީރު ގީލާ އަލީ- 48 ވޯޓު
  • ފްރާންސަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އިނގިރޭސިވިލާތުގެ ސަފީރު އިރުތިޝާމް އާދަމް- 45 ވޯޓު
  • އޮސްޓްރޭލިއާއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ރިޕަބްލިކް އޮފް ސިންގަޕޫރުގެ ސަފީރު މުހައްމަދު ލުވޭޒު- 48 ވޯޓު 




ކިޔުންތެރިންގެ ހިޔާލު