ENGLISH

22 އޭޕްރީލު 2025

Advertisement

ފުލުހުން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފި

24 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ފުލުހުން ހޯދަން އިއުލާނުކުރީ ސ.ހިތަދޫ ކުދެހިމާގެ، މުޙައްމަދު ޝަރީފް (50އ) -- ފޮޓޯ/ މޯލްޑިވްސް ޕޮލިސް ސާވިސް

ދިވެހި ފުލުހުންގެ ހިދުމަތުން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ބަދަލުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކުރީ ސ.ހިތަދޫ ކުދެހިމާގެ، މުޙައްމަދު ޝަރީފް (50އ) އެވެ.

ފުލުހުން ބުނީ މި މީހާ ހޯދަން އިއުލާނުކުރީ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލްްއިން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި ކަމަށެވެ. 

މަައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރު ނުކުރެވުނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންކަމުން އެ މީހާ ހޯދަން އިއުލާނު ކުރީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިނެވެ.

ކިޔުންތެރިންގެ ހިޔާލު