ENGLISH
22 އޭޕްރީލު 2025
ޝަރުއީ އަދި މިނިވަން މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރެވެން ނެތްކަމަށް ލަފާއަރުވަން ފާސްކޮށްފި
24 ފެބްރުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)
ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ މުސާރަތައް ކުޑަކުރުމާމެދު މަޖިލީހުގެ ލަފައެއް ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލާގައި އެ ތަންތަނުގެ މުސާރަތައް ކުޑަކުރުމަކީ މިވަގުތު ކުރެވިދާނެ ކަމެއް ނޫންކަމަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ނިންމުމާ އެއްގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ލަފާއަރުުވަން ފާސްކޮށްފައިވަނީ 44 މެމްބަރުންގެ ވޯޓާ އެކު އެވެ.
މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް އެދިވަޑައިގެންފައިވަނީ 12،000 ރުފިޔާއަށް އަށް ވުރެ މަތިން އަސާސީ މުސާރަ ލިބިވަޑައިގަންނަވާ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށެވެ. .
ހަމައެއާއެކު، ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް މަޖިލީހަށް ފެންނަކަމަށްވާނަމަ، އެކަން ވެސް ހުށަހަޅައިގެން ނިންމަވާ ގޮތެއް އަންގަވައިދިނުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ، ގިނަ މުސްތަގިއްލު އަދި މިނިވަން މުއައްސަސާތަކުގެ މުސާރަތަކަށް ބަދަލެއް ގެނެވޭނީ ގަނޫނުތަކަށް ބަދަލުގެނެސްގެން ކަމަށްވާތީ އާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެސް މުސާރަ ބަދަލުކުރެވޭ މުއައްސަސާތަކުގެ މުސާރަ އެކަނި ބަދަލުކުރަމަކީ އަދުލުވެރި ގޮތަކަށް ނުވާނެތީ އެތަންތަނުގެ މުސާރަ މިވަގުތު ކުޑަކުރެވެން ނެތް ކަމަށް ރައީސަށް ލަފާ އަރުވާށެވެ.