ENGLISH
22 އޭޕްރީލު 2025
ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރަނީ
24 ފެބްރުއަރީ 2025
|
ތުރުކީ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އަދި ސައުދީ ސަފީރު އަހުމަދު ސަރީރު
ބޭރުގެ ދެ ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ފޮނުއްވައިފި އެވެ.
ދެ ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށްޓަކައި ރައީސް ފޮނުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން، ރައީސް ހުށަހަޅުއްވާފައިވަނީ:
މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
1987 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖިއްޔާގެ އެކި މަގާމުތައް ފުރުއްވާފައިވާ ސަރީރަކީ އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ އިތުރުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ސަރީރު ވަނީ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ކަމާއި އެސިސްޓެންޓް ޑިރެކްޓަރގެ އިތުރުން ފޮރިން ސެކެޓްރީގެ މަގާމުގެ އަދާކުރައްވާފަ އެވެ.
ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ފުރަތަމަ ރެޒިޑެންޓް ސަފީރު އަބްދުއްރަހީމަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުވެސް މީގެކުރިން ފުރުއްވާފައިވާ އަސްކަރީ ދާއިރާގެ އެކި މަގާމުތަކުގައި 39 އަހަރަށް ވުރެ ގިނަ އަހަރު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.