ENGLISH

22 އޭޕްރީލު 2025

Advertisement

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ހުށަހަޅައިފި

24 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް މެމްބަރެއްގެ ފަރާތުން އިސްލާހު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި،  ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފަައިވެ އެވެ.

މި ބިލު ހުށަހެޅުއްވި މަގްސަދެއް ކަމަށް މެމްބަރު ވިދާޅުވެފައިވަނީ، ގާނޫނުއަސާސީގެ ފޮނި މީރުކަން ލިބޭނީ، ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސްގެން ކަމަށެވެ.

މެމްބަރު ހުށަހެޅުއްވި އިސްލާހުގައި ވަނީ، އުއްތަމަ ފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނުކުރެވޭ 5 ފަނޑިޔާރުން ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ބެންޗު އެކުލަވާލުމަށެވެ.  އެގޮތުން ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާން ޖެހޭނީ އޮނަހިރި އަދަދެއް ކަމަށް އެ އިސްލާހުގައިވެ އެވެ.

ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލެވުނު އިންތިގާލީ ސުޕްރީމް ކޯޓުގައި 5 ފަނޑިޔާރުން ތިއްބެވި އެވެ. އޭގެފަހުން 2010 ވަނަ އަހަރު 7 ފަނޑިޔާރުންގެ މައްޗަށް ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލެވުނުއިރު، އަނެއްކާވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން 2014 ގައި ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދު ކުރެވުނެވެ. އޭގެ ފަހުން 2019 ގައި ސުޕްރީމް ކޯޓުގެ ބެންޗު އަނެއްކާވެސް 7 އަށް އިތުރު ކުރި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 7 އިން 5 އަށް ކުޑަކުރަން މެމްބަރު ހުށަހަޅުއްވާފައިވަނީ، މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގައި ތިއްބެވި ދެ ބޭފުޅަކު މަގާމުން ވަކިކޮށްގެން ނެވެ. އެ ބޭފުޅުން ވަކިކުރާނީ، އެ އިސްލާހުގައިވާ ގޮތުން، ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫންކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްވުމުން ނެވެ.

އަދި މަގާމުން ވަކިކުރާ ފަނޑިޔާރުންގެ ނަންތައް މި އިސްލާހަށް އަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެ އެވެ. މަޖިލީހުން އެ މަސައްކަތް ގިނަވެެގެން 7 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު