ENGLISH

22 އޭޕްރީލު 2025

Advertisement

މާއެނބޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

24 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ދ.މާއެނބޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަަން އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ. 

ދ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު މާއެނބޫދޫއަށް ވަޑައިގެން އެ ރަށުގެ ސިއްހީ މަރުކަޒުގެ އިމާރާތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ހިންގި މަޝްރޫއު ނިންމައި ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ހުޅުވައިދެއްވިއެވެ. 

އެ އިމާރާތް ހުޅުވުމާ ގުޅިގެން މާއެނބޫދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ސިއްހީ މަރުކަޒުގެ ޖާގަަ ތަނަވަސްވެ، އެ މަރުކަޒުން ފޯރުކޮށްދޭ އާންމު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގަ ތަނަވަސްވެގެންދާނެ ކަމަށެވެ. 

ނަޝީދާ ވިދާޅުވި ގޮތުގައި ސިއްހީ މަރުކަޒުގެ އިދާރީ މަސައްކަތްތަކާއި އާންމު ސިއްހީ ހިދުމަތާ ގުޅޭ ހުރިހާ މަސައްކަތްތައް ކުރަމުން އައީ އެންމެ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް އައު އިމާރާތާއެކު އެ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭން ބޭނުންވާ ޖާގަ ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 

ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގައި އާންމު ސިއްހަތުގެ ހިދުމަތް ދޭ ޔުނިޓާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަން އެހީތެރިވެދޭ ކުލިނިކާއި، ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭ ކްލިނިކާއި، މާބަނޑު އަންހެނުންގެ ކްލިނިކުގެ އިތުރަށް، ކުޑަކުދިންގެ ސިއްހަތާ ގުޅޭ ކްލިނިކެއް ގާއިމުކޮށްފައިވެއެވެ. 

ބޯހިޔާވަހިކަން ފިޔަވައި 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، އެންމެ ބޮޑަށް އިސްކަންދީފައިވާ ދެ ދާއިރާއަކީ ސިއްހަތާއި ތައުލީމެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތައް އަދާހަމަކުރުމަށް ދައުލަތުގެ ބަޖެޓުން މި އަހަރު ހަރަދުކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު