ENGLISH
18 އޭޕްރީލު 2026
މަސްތުވާތަކެތި ގެންގުޅެ ޖުވާކުޅުންފަދަ ޤާނޫނާ ޚިލާފު އަމަލުތައް ހިންގަމުންދިޔަ 38 ބިދޭސީއަކު ހައްޔަރު ކޮށްފި
17 އޭޕްރީލު 2026
|
ފުލުހުން އޮޕަރޭޝަނެއްގައި --
އެންމެ މަޤްބޫލު
މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
އެ މައުލޫމާތު ފުލުހުން މިރޭ ވަނީ ހާމަކޮށްފަ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އޭޕްރީލް 16 ވަނަ ދުވަހު އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 ފިރިހެނުންނެވެ. އެމީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓްކުރުމަށް ޓަކައި، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ބިދޭސީންގެ މައްސަލަ އަކީ ޤައުމީ ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ އެ މީހުން ފޮރުވި ތިބެ ހިންގާ ޤަވާއިދާ ޚިލާފު ވިޔަފާރިތަކާއި އެ މީހުންގެ ފަރާތުން ކުރިމަތިވާ އިޖްތިމާއީ އެތައް މައްސަލަތަކެއް ހިމެނެ އެވެ.
އެކަންކަން ހުއްޓުވަން މީގެ ކުރީން ސަރުކާރުތަކުން މަަސައްކަތް ކުރީ މާބޮޑު ނަތީޖާއެއް ނުނެރެވޭ ގޮތަށް ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ބޮޑު އޮޕަރޭޝަން ފަށާ އެތައް މައްސަލަތަކެއް ޙައްލު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި މިއިން ޒަމާނެއްގައި ނުހޯދޭވަރުގެ ބޮޑެތި ކާމިޔާބީތަކެއް މި ދާއިރާއިން ވަނީ ހޯދާފަ އެވެ.
މީގެ އިތުރުން ވެސް ރާއްޖޭގައި އާންމުވަމުންދާ އިސްލާމްދީނާ ޚިލާފު ކަންކަމާއި ޤާނޫނުން މަނާކޮށްފައިވާ ކަންކަން ހުއްޓުވަން ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
މި ބިލްގައިވާ ގޮތުން ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެކެވެ. އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅަން ވަނީ ހުށައަޅާފަ އެވެ. އެހެން ކަމުން އަދަބެއްގެ ގޮތުގައި އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ނުވަތަ ހަތަރު އަހަރުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.
ސަރުކާރުން މިފަހުން ވަނީ ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފަ އެވެ.