ENGLISH
17 އޭޕްރީލު 2026
ތަފާތު ވީޑިއޯއަކާއެކު މަޚްލޫފްގެ ޕޯސްޓެއް: އިދިކޮޅުން އުފާފާޅުކުރަން ފެށީ މާކުރީން
17 އޭޕްރީލު 2026
|
ކުރީގެ މިނިސްޓަރު މަޚްލޫފް އެމްއެމްޓީވީގެ ބޮޑު ޚަބަރުގައި ބައިވެރިވެވަޑައިގަންނަވަނީ --
އެންމެ މަޤްބޫލު
ނިމިގެންދިޔަ އިންތިޚާބުން ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށް ބުނެ އިދިކޮޅު ޕާޓީން އުފާފާޅުކުރި ނަމަވެސް އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމާއެކު ހަޤީޤަތް ސާފުވެ އިންތިޚާބުގައި ކާމިޔާބު ލިބުނީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ކަމަށް ސާފުވެފައިވާ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަދި ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.
މަޚްލޫފް އެހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓް މަޚްލޫފް ކުރެއްވީ ތަފާތު ވީޑިއޯއަކާ އެކު އެވެ. ވީޑިއޯގައި ފެންނަނީ މެޗުގެ ނަތީޖާ ކަނޑައަޅާ ޕެނަލް ޓީ ގޯލުގެ މަތީ ދަނޑީގައި ޖެހުމާއެކު ކީޕަރު އެ ޓީމު މޮޅުވީ ކަމަށް ނިންމާ އުފާފާޅުކުރަނިިކޮށް ބޯޅަ ގޮސް ގޯލަށް ވަންނަ މަންޒަރެވެ. މިއީ ވަރަށް ބޮޑަށް ވައިރަލްވި ވީޑިއޯ އެކެވެ.
އެ ވީޑިއޯއާއެކު މަަޚްލޫފް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރެފްރީ ކަށިގަނޑު ފުމެލުމުގެ ކުރިން، ބައެއްފަހަރު ކުޅުންތެރިން އުފާފާޅުކުރަން ތިއްބާ، މެޗުން މޮޅުވެގެން ފައިބަނީ އަނެއް ޓީމު ކަމަށެވެ. ނިމިދިޔަ އިންތިޚާބުގައި ވެސް ދިމާވީ އެފަދަ ކަމެއް ކަމުގައި ވިދާޅުވި އެވެ.
"އެއްބަޔަކު މާކުރިން އުފާފާޅުކުރަން ތިއްބާ، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާ އާއިއެކު، މެޗު ނިންމާލާ ކަށިގަނޑު ފުމެލިއިރު، 581 ގޮނޑިއާއިއެކު، އިންތިހާބު ކާމިޔާބު މިކުރީ ޕީއެންސީން. އެއީ އަޅުގަނޑު ނޫނީ ބަޔަކު ދައްކާ ވާހަކައެއް ނޫން. އެއީ ރަސްމީ ނަތީޖާ," މަޚްލޫފް ވިދާޅުވި އެވެ.
މަޚްލޫފް ވިދާޅުވި ގޮތުގައި ގަބޫލުކުރަން ބޭނުންވިޔަސް އަދި ނުވިޔަސް މި ޙަޤީޤަތް އަދި ނަތީޖާ ބަދަލެއް ނުވާނެ ކަމަށެވެ. މަޚްލޫފް ވަނީ މިއީ ޕީއެންސީން އެންމެ އުންމީދު ކުރި ނަތީޖާތޯ ކުރެވޭ ސުވާލަށް ވެސް ޖަވާބު ދެއްވާފަ އެވެ.
ވިދާޅުވީ މިއީ ސަރުކާރުން ވެސް ޕީއެންސީން ވެސް އުންމީދުކުރި ނަތީޖާ ނޫން ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތް ކުރީ މިއަށްވުރެ ވެސް ރަނގަޅު ނަތީޖާއަކަށް ކަމަށެވެ.
ވިދާޅުވީ ޕީއެންސީއަށް ލޯކަލް ކައުންސިލް ކާމިޔާބުވިޔަސް، ބަދަލުތަކެއް އެ ގެންނަވަނީ އެ ސަބަބާ ހެދި ކަމަށެވެ. އަދި ސަރުކާރަށް އައި ބޮޑު ބަދަލަކީ 2028 އަށް ޓީމުތައް ރުކުރުވާލާ، މި ނަތީޖާގެ އަލީގައި މަސައްކަތް ފަށައިގަންނަން އަޅުއްވާ ފިޔަވަޅު ތަކެއް ކަމަށެވެ.
"އަދިވެސް އެއްފަހަރު ޕީއެންސީގެ މެންބަރުން ތިޔަ ހޯއްދެވި ކާމިޔާބަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން," މަޚްލޫފް ވިދާޅުވި އެވެ.