ENGLISH

17 އޭޕްރީލު 2026

Advertisement

އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށަން މަޝްވަރާކޮށްފި

17 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.

އިތުރު އައު އެއާލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ފެށުމަށްޓަކައި މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ، ޗައިނާގެ ޒިއާންގައި ކުރިއަށްދިޔަ ރޫޓްސް އޭޝިއާ 2026 ގައެވެ.

މި ފޯރަމްގައި އެކި ޤައުމުތަކުގެ އެއާލައިންތަކާއެކު އުފެއްދުންތެރި މަޝްވަރާތައް ކުރެވުނު ކަމަށް އިންޓްރނޭޝަނަލް ހަލާލް ޓޫރިޒަމްް އޯގަނައިޒޭޝަން (އައިއެޗްޓީއޯ) އިން ބުނެފައިވެއެވެ.

އެގޮތުން ރިޔާދު އެއާ، ވިއެޓްނާމް އެއާލައިންސް، ސެބޫ ޕެސިފިކް އަދި ޗައިނާގެ ލީޑިންގ އެއާލައިންތަކާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވިފައިވާކަމަށް އައިއެޗްޓީއޯ އިން ބުނިއެވެ.

މީގެ އިތުރުން އައިއެޗްޓީއޯއިން ބުނީ، މީގެ ތެރެއިން ގިނަ އެއާލައިންތަކަކުން ކުރިމަގުގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

  ރޫޓްސް އޭޝިއާގައި ރާއްޖެވަނީ ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި އަދި އިންޑިއާ ކަނޑުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޭވިއޭޝަން މާކެޓެއްގެ ގޮތުގައި ވަނީ އިޝްތިހާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު