ENGLISH

18 އޭޕްރީލު 2026

Advertisement

އިތުބާާރުގެ މައްސަލައެއް ނެތް، އެކަން ކުރިއަށް އޮތްތާ ޔަޤީންވާނެ: ތަރުޖަމާން

17 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުން --

ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާއި އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާއަށް އޮތް އިތުބާރާ އެއްވެސް ގުޅުމެއް ނެތް ކަމަށާ އެކަން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ޔަޤީން ކުރެވިގެންދާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު މިހެން ވިދާޅުވީ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރަގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު އިސްތިއުފާ ދެއްވީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެކަމާއި ގުޅޭގޮތުން ސަރުކާރާ ދެކޮޅު މީޑިއާތަކާއި އިދިކޮޅުގެ ވެރީން ދަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.

އެ ވާހަކަތަކާއި ގުޅިގެން ތަރުޖަމާން ވިދާޅުވީ އެ ބޭފުޅުންނާއި ސަރުކާރާ ފުރިހަމަ ގުޅުން އެބަ އޮތް ކަމަށެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވި ސަބަބު ސާފުކޮށް ބަޔާންކޮށް ދެއްވާފައިވާ ކަމަށާ އެއީ ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުން ކަމުގައި ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ އެކަމަކީ "އިތުބާރާ ގުޅޭ ކަމެއް ނޫން" ކަމަށެވެ. އަދި އެކަން ކުރިއަށް އޮތް ދުވަސްތަކުގައި އެނގިގެންދާނެ ކަމަށް ވިދާޅުވި އެވެ. އެކަމުން ސަރުކާރުގެ ބުރަދަނަކަށް ބަދަލެއް ވެސްޱނާންނަ ކަމުގައި ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިހާރު އަންނަ ބަދަލުތަކާއެކު ސަރުކާރުގެ ދުވެލި ހަލުވި ވާނެ ކަމަށެވެ. އެކަން ފެނިގެންދާނެ ކަމުގައި ތަކުރާރު ކުރައްވާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. މި ގެންނެވި ބޮޑު ބަދަލާއެކު ވަޒީރުންގެ އަދަދު ވަނީ 15 އަށް މަދުވެފަ އެވެ.

މިއީ މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލެވުނު އެންމެ ކުޑަ ވަޒީރުންގެ މަޖިލީހެވެ. 

ކިޔުންތެރިންގެ ހިޔާލު