ENGLISH

22 އޭޕްރީލު 2025

Advertisement

އެސްޓޯނިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރަައީސް ތަހުނިޔާ ވިދާޅުވެއްޖެ

24 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

އެސްޓޯނިއާއަށް ރައީސް ޑރ.މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

އެސްޓޯނިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަލާ ކާރިސް އަދި ބޮޑުވަޒީރު ކްރިސްޓެން މިކާލްއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ އަރިސްކުރައްވަައިފިއެވެ. 

ރައީސް ޑރ.މުޢިއްޒަކީ އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ދިވެހި ރައީސެވެ. އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އެސްޓޯނިއާގެ މެދުގައި މުހިއްމު ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެވި ބައެއް ފަހުމުނާމާތައް އެކުލަވައިލެވިފައިވެއެވެ. 

އެސްޓޯނިއާގެ 107 ވަނަ މިނިވަންދުވަަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ އެސްޓޯނިއާގެ ރައީސް އަދި ބޮޑުވަޒީރަށާއި އެ ޤައުމުގެ ރައްޔިތުންނަށް މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރައްވާފައެވެ. 

ރައީސް އިތުރަށް ފާހަގަކުރެއްވީ އެސްޓޯނިއާއަށް އެމަަނިކުފާނު ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުމުގެ މިސްރާބު ބަދަލުވެގެންދާނެ މުހިއްމު ދަތުރުފުޅެއް ކަމެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ މެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު