ENGLISH

26 ޖުލައި 2026

Advertisement

ބަދަލުހިފުމުގެ ރޫހު ނިމުމަކަށް ގެނެސް އަނިޔާވެރިވުން ނިމުމަކަށް މިހާރުވަނީ ގެނެވިފައި: ރައީސް

26 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ވިހަގަދަ ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްދީ، އަނިޔާވެރިވުމުގެ ސަގާފަތު ނިމުމަކަށް ގެންނަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ދާޚިލީ ގޮތުން މިނިވަންކަން އޮންނާނީ ޑިމޮކްރަސީގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖޭގައި ދެމިއޮވެގެންކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދިވެހިން ބަލައިގަނެފައިވާ ހަމައަކީ ރާއްޖޭގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ޑިމޮކްރަސީ އޮތުންކަން ރައީސް ފާހަގަކުރެއްވިއެވެ. 

ދިވެހި ޑިމޮކްރަސީގެ ތާރީޚަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ ހަރަކާތް ފެށުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ކަނޑައްތުވި ދުވަސްތަކަށް ބަލާއިރު، މި ސަރުކާރުން ޑިމޮކްރަސީ ހިންގައި ތަންފީޒުކުރުމުގައި ދިން މިނިވަންކަމާ އެއްވަރުގެ މިނިވަންކަމެއް އެހެން އެއްވެސް ވެރިކަމެއްގައި އަދި އެއްވެސް ޒަމާނެއްގައި ފޯރުކޮށްދީފައިނުވާ ކަމަށެވެ. 

"ސިޔާސީ ހަރަކާތްތައް ހިންގުމުގައި މިހާރު އެއްވެސް ހުރަހެއް ނެތް، އެއްވެސް ހުރަހެއް ނެތް. އަޅުގަނޑުމެން މިދަނީ މިސާލަކަށް ދަންނަވާނަމަ އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް ސްކޫލު ހޯލުތަކާއި ދައުލަތުގެ މުއައްސަަސާތައް ދެމުން. އަޅުގަނޑުމެން މިދަނީ އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ ބައްދަލުވުންތައް ބޭއްވުމަށްވެސް ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދެމުން،" މިއަދު ރާއްޖޭގައި ގާއިމުވެފައި އޮތް މިނިވަން ޑިމޮކްރެޓިކް މާހައުލު ސިފަކޮށްދެއްވަަމުން ރައީސް ވިދާޅުވިއެވެ. 

އިތުރަށް އެމަަނިކުފާނު ވިދާޅުވީ މިއަދު ރާއްޖޭގެ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނަށް އެބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ ފުރިހަމަ މިނިވަންކަމާއި ފުރުސަތު ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު އެއްވެސް ސިޔާސީ ލީޑަރެއް، އަދި ކުރީގެ ރައީސަކު ޖަލަށްލައްވާފައިނުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. 

ރާއްޖޭގެ މާޒީއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ކުރިން ރާއްޖޭގެ ސިޔާސީ ސަގާފަތަކީ ވެރިކަން ބަދަލުވުމާއެކު ކުރިން ރައީސްކަން ކުރެއްވި ބޭފުޅުން ޖަލަށްލެއްވުންކަމަށާއި، ބަދަލުހިފުމުގެ ރޫހު އިސްކޮށްގެން ވެރިކަން ހިންގުން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެވަޑައިގަތް ވައުދުފުޅަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ބަދަލުހިފުމުގެ ރޫހު ނެތިކޮށްލުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު އެ ރޫހު ނެތިކުރައްވާފައިވާ ކަމަށެވެ. 

"ބަދަލުހިފުމުގެ ރޫހު ނޫންކަމެއް މިގައުމުގައި ތަންފީޒުކޮށްފައިނުވޭ. ނަމަވެސް އަޅުގަނޑުވީ ވައުދަކީ މިގައުމުން ސިޔާސީ ބަދަލުހިފުމުގެ ރޫހު ނެތިކޮށްލާނަމޭ. އެހެންވީމާ މިހާރު ރާއްޖޭގައި ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް. ސިޔާސީ ވިހަގަދަ ބަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން މިގައުމު އަޅުގަނޑުމެންވާނީ މިނިވަންކޮށްދީފައި. މިގައުމުގައި އަނިޔާވެރިވުމުގެ ސަގާފަތް އަޅުގަނޑުމެންވާނީ ނިމުމަކަށް ގެނެސްދީފައި،" ރައީސް ވިދާޅުވިއެވެ. 

އިދިކޮޅު ފިކުރެއް ގެންގުޅޭ ކޮމްމެ މީހަކު ޖަލަށްލުމުގެ ސަގާފަތު ރާއްޖޭގައި އޮތް އޮތުން ބަދަލުކުރައްވައި ސިޔާސީ ލީޑަރުންނަށް މިނިވަންކަމާއެކު ސިޔާސީ މަސައްކަތްކުރައްވައި ހިޔާލު ފާޅުކުރެއްވޭނެ ޖާގަ ހޯދައިދެއްވުމުގެ އިތުރަށް، އެއްވެ އުޅުމުގެ މިނިވަންކަން ކުރިއަށްވުރެ ބޮޑުތަނުން ފުޅާކޮށްދެއްވިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ކަށަވަރުކޮށްދީ ނޫސްވެރިކަމުގެ މިނިވަންކަން އިސްލާމްދީނާއި ގާނޫނުއަސާސީއާއި ގާނޫތަކުގެ އިންތިކުގެ ތެރޭގައި ފުޅާދާއިރާއެއްގައި ފޯރުކޮށްދެއްވުމާއެކު، ދައުލަތުން ނޫސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ މިނިވަން ނޫސްވެރިކަމަށް ޖާގަ ފަހިކޮށްދެއްވައި، ނޫސްވެރިންނަށް ހާއްސަކޮށް މީޑިޔާ ވިލޭޖު ގާއިމުކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ޖުޑީޝަރީގެ މިނިވަންކަން ކުރިން އޮތީ ރައީސް އޮފީހުން ފަނޑިޔާރުންނަށް އަމުރުކުރާ ގޮތަށްކަން ފާހަގަކުރައްވައި، ރައީސް ދެއްވި ޔަގީންކަމަކީ މިހާރު ސަރުކާރުން ފަނޑިޔާރުންނަށް ވަކި ގޮތަކަށް ހުކުމްކުރުމަށް އަމުރުކޮށް ފިއްތުން ކުރިމަތިނުކުރާނެ ކަމުގެ ޔަގީންކަމެވެ. އަދި ޖުޑީޝަރީއަށް މާލީ މިނިވަންކަން ފޯރުކޮށްދެއްވާފައިވާކަމާއި، ޖުޑީޝަރީއަށް ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސުޕީރިއާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު