ENGLISH

22 އޭޕްރީލު 2025

Advertisement

ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭނަން، ދައްކަނީ ދޮގު ވާހަކަ: ރައީސް

23 ފެބްރުއަރީ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ކުޑަހުވަދޫ މީހަކާ ރައީސް މިއަދު ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ވޭތުވެދިޔަ އަހަރެކޭ އެއްގޮތައް މިއަހަރުގެ ރަމަޟާން މަހު ވެސް ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެރަށުގައި ބޭއްވެވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުން ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ފަހު އޭގެ ބަދަލުގައި ކަރަންޓާއި ފެން ބިލުން އެބައި ހޯދަން އުޅޭ ކަމަށްބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އޭގެ ބަދަލުގައި ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް މި އަހަރު ވެސް ދޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުކުރިން ވެސް މި ވާހަކަ ވާނީ ދަންނަވާފައި. 8 ޑިސެމްބަރު ގައި މަތިވެރީގައި ބޭއްވި ޖަލްސާގައި އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާން މަހު ދިން ގޮތަށް މިފަހަރު ރަމަޟާން މަހު ވެސް ކަރަންޓްބިލާއި ފެން ބިލުން ޑިސްކައުންޓް އަޅުގަނޑުމެން ދޭނަމޭ. އެކަން އެގޮތަށް ކުރިއަށް ގެންދާނަމޭ. އެހެންވީމަ ކިހިނެތްތޯ އޮޅުވާލައިގެން ދޮގުހަދައިގެން ގެންދެވޭނީ،" ރައީސް ވިދާޅުވި އެވެ

ކަންކަމުގެ ހަޤީޤަތް އޮޅުވާލުމަށް ދޮގުވާހަކަތައް ދެއްކުން އާއްމުވެފައި ވަނީ ހިތާމަކުރަން ޖެހޭ މިންވަރަކަށް ކަން ފާހަގަ ކުރައްވައި ރައީސް ވަނީ އެފަދަ ވާހަކަތަކާމެދު ވިސްނުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ކަމުގެ ހަގީގަތް އޮޅުވާލުމަށް ދައްކާ ދޮގު ވާހަކަތަކުގެ މިސާލެއް ގޮތުން ރައީސް ފާހަގަކުރެއްވީ ސަރުކާރުން ދޭ މަސްދަޅު ކޭސްތަކާ ގުޅޭ ގޮތުން ވެސް އެކި ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކެވެ.

"ފުރަތަމަ ކޮން ވާހަކައެއްތޯ ދެކެވުނީ. މަސްދަޅުކޭހުން ވަކި ވަރެއް މަދުކޮށްފަ އޭ އަޅުގަނޑުމެން ދެނީ. އެކަން ދެން ހަގީގީގަތަކަށްނުވި. އެ ދޮގު ފަޅާ އަރައިފި. ދެން މަސްދަޅުގެ މަތިގަނޑު ނެއްޓޭ ގޮތަކަށްނޫނޭ ހުރީ ފަސޭހައިން. އެކަން ވެސް ދޮގެއްކަން ރައްޔިތުންނަށް އެނގިއްޖެ. ދެން މަސްދަޅު ކޭސްތައް ބަހަނީ. މާލޭގައި ބެހިއިރު ދަތިތަކާ ދިމާވި. އެކަމުގައިވެސް ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން ފެތުރުމަށް މަސައްކަތް ކުރީ. އެކަންވެސް އެ އޮތީ ހައްލުވެފައި. މިހާރު ދައްކާ ވާހަކައަކީ ރައްޔިތުންނަށް، ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދީގެން ސަރުކާރުން ކުރި ޚަރަދު ފޫބައްދަންވެގެން މިފަހަރު ރަމަޟާންމަހު ފެން ބިލާއި ކަރަންޓް ބިލުންނޭ އެބައި އަތުލާނީ. މި ބިރު މި އުފައްދަނީ މިހާރު،" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު