ENGLISH
22 އޭޕްރީލު 2025
ކުޑަހުވަދޫގައި އަލަށް އިމާރާތްކުރެވޭ ބީއެމްއެލްގެ އިމާރާތުގެ ބިންގާ އަޅައިފި
23 ފެބްރުއަރީ 2025
|
ކުޑަހުވަދޫގައި އަލަށް އިމާރާތްކުރެވޭ ބީއެމްއެލްގެ އިމާރާތުގެ ބިންގާ އެޅުން
ދ. ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ ބީއެމްއެލްގެ އިމާރާތުގެ ބިންގާ އަޅައިފި އެެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ކުޑަހުވަދޫގައި އަލަށް އިމާރާތްކުރެވޭ ބީއެމްއެލްގެ އިމާރާތުގެ ބިންގާ އެޅީ އެ ރަށުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގެން މި ރަސްމިއްޔާތުގައި ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ކުޑަހުވަދޫ ބުރާންޗުން ބުނީ އަލަށް އިމާރާތްކުރެވޭ ބީއެމްއެލްގެ އިމާރާތުގެ ބިންގާ އެޅިއިރު ސެލްފް ސާވިސް އިތުރު އޭޓީއެމެއްގެ ހިދުމަތް މިއަދު ފަށާފައިވާ ކަމަށެވެ.
މި އަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.