ENGLISH

22 އޭޕްރީލު 2025

Advertisement

ރ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރަށް

23 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރު/ ރިވެލި، މުޙައްމަދު އަމްޖަދު (61އ) އާއި ރ. އުނގޫފާރު/ ނަސީމީހިޔާ، މުޙައްމަދު ވަޖީހު (67އ) އެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފަވަނީ މި މަހު 21 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެފައިވެއެވެ. 

ފުލުހުން އިތުރަށް ބުނީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް މެސެޖުގައި ބުނެފައިވެއެވެ. 

މިފަހަކަށް އައިސް ސިހުރުގެ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ސިހުރު ހަދާކަމުގެ ތުހުމަތުގައި ފުލުުހުންގެ ބޮޑު އޮޕަރޭޝަނެއް ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި އެ ސިޓީގެ 10 ގެއެއް ބަލާ ފާސްކޮށް، 8 ގެއަކުން ސިހުރުގެ ކިޔުންތަކާއި ފޮތްތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު