ENGLISH
22 އޭޕްރީލު 2025
އައްޑޫ އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
23 ފެބްރުއަރީ 2025
|
އެކްސިޑެންޓް ގައި އަނިޔާވި ޒުވާނާ
އައްޑޫ ސިޓީ ހުޅުމީދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ހާލު ދެރަވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.
ހުޅުމީދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 19 އަހަރުގެ މުހައްމަދު އިލްމު އަށެވެ. އޭނާ އަކީ ސައިކަލު ރޭސިންގައި ފާހަގަކޮށްލެވޭ ޒުވާނެކެވެ. އެކްސިޑެންޓް ހިނގީ ވެސް ރޭސިންއަށް ޕްރެކްޓިސް ކުރަން އުޅުމުގެ ތެރޭގައެވެ. ސައިކަލުގެ ކޮންޓްރޯލް ގެއްލި އެ ތަނުގައި ހަދަން ފަށާފައި ހުރި ގެއެއްގެ ފާރެއްގައި ޖެހިގެންނެވެ.
އައްޑޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިލްމު މާލެ ގެނެސް މިހާރު އޮތީ އައިޖީއެމްއެޗްގަ އެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ދެރަ ކަމަށެވެ. އަދި ވެންޓިލޭޓަރަށްލާފައިވާ ކަމަށެވެ.