ENGLISH
22 އޭޕްރީލު 2025
މިނިސްޓަރ ޚަލީލް ޖެނީވާގައި، އދ. ގެ ހައި ލެވެލް ޖެނެރަލް ޑިބޭޓުގައި ތަގުރީރު ކުރައްވާނެ
23 ފެބްރުއަރީ 2025
|
8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި މިނިސްޓަރ ޚަލީލް ވާހަކަދައްކަވަނީ / ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ސުވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 58 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ހުންނެވީ ޖެނީވާގައި ކަމަށެވެ.
މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވީ ހިއުމަން ރައިޓްސް ކައުންސިލްގެ ތެރެއިން ކުރިއަށްދާ ހައި ލެވެލް ޖެނެރަލް ޑިބޭޓުގައި މިނިސްޓަރު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހައި ލެވެލް މުހިއްމު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން އެކި ބޭފުޅުންނާ ބައްދަލުކުރައްވާ މައުލޫމާތު ބަދަލު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ދެމިގެންދާ މި ސެޝަންގައި އެކި މައުޟޫތަކާ ގުޅޭ ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މަރުގެ އަދަބު ދިނުމާއި ގަތުލުއާންމުތައް ހުއްޓުވުމާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ކަށަވަރުކުރުމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އދ. އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވައި، މީހުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތައް ހުއްޓުވާ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާ ޖަމުއިއްޔާއެކެވެ. ރާއްޖެއިން އދ. އާއި ގުޅުނީ 21 ސެޕްޓެމްބަރ 1965 ވަނަ އަހަރެވެ.
ދިވެހިރާއްޖެއަކީ 2023-2025 ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެކެވެ. މިއީ އެ ކައުންސިލްގެ މެންބަރުންކަން ރާއްޖެއިން އަދާކުރާ ތިންވަނަ ފަހަރެވެ.