ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ބްރޫނާއީ ދާރުއްސަލާމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ސުލްޠާނަށް ތަހުނިޔާ ފޮނުއްވައިފި

23 ފެބްރުއަރީ 2025

|

ހަސަން އާމިރު

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު (ކ) އަދި ބުރޫނާއީގެ ސުލްޠާން، ޙާޖީ ޙަސަނުލް ބުލްކިއާ.

ބްރޫނާއީ ދާރުއްސަލާމްގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ސުލްޠާން، ޙާޖީ ޙަސަނުލް ބުލްކިއާ މުޢިއްޒައްދީން ވަދާޢުﷲ އަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެ މަނިކުފާނު ވަނީ، ދިވެހިރާއްޖެއާއި ބްރޫނާއީއަކީ ގާތް އަދި އެކުވެރި ގުޅުމެއްގެ ދިގު މާޒީއެއް އޮތް ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެއްބާރުލުމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބްރޫނާއީގެ ސުލްޠާނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އުޚުއްވަތްތެރި ބްރޫނާއީ ދާރުއްސަލާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ދިވެހި ރާއްޖެއާއި ބްރޫނާއީ ދާރުއްސަލާމާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 31 މާރޗް 1984 ގައެވެ.

ކިޔުންތެރިންގެ ހިޔާލު